ޑިމޮކްރެޓްސްގެ ކެމްޕޭނަށް ފައިސާގެ އެހީ ހޯދަނީ

ދަ ޑިމޮކްރެޓްސްގެ ކެމްޕޭނަށް ފައިސާގެ އެހީ ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ. ޑިމޮކްރެޓްސްއިން ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޑިމޮކްރެޓުންގެ...

27 Aug 2023 | 04:23

ދަ ޑިމޮކްރެޓްސްގެ ކެމްޕޭނަށް ފައިސާގެ އެހީ ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ޑިމޮކްރެޓްސްއިން ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޑިމޮކްރެޓުންގެ ކެނޑިޑޭޓް ގޮތުގައި ކުރިމަތި ލާފައިވާ ކެނޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕޭނަށް ފައިސާގެ އެހީތެރިކަން ދިނުމަށް އެދޭ ކަމަށެވެ.

އެގޮތުން އާއްމުކުރި އިއުލާނުގައި ވަނީ ޑިމޮކްރެޓްސްގެ ބޭންކް އެކައުންޓް ނަންބަރާއި އިލްޔާސް ލަބީބުގެ އެކައުންޓް ނަންބަރު ހިމަނާފައެވެ. އަދި ސްލިޕް ފޮނުވަންވީ ފޯނު ނަންބަރުވެސް ހިމަނާފައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދަ ޑިމޮކްރެޓްސް ރެޖިސްޓަރ ކޮށްފދީފައި ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.

” ‘ދަ ޑިމޮކްރެޓްސް’ ނަމުގައި، ސިޔާސީ ޕާޓީ އެއް އުފެއްދުމަށް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ އިޖްރާއާތު ފުރިހަމަ ކޮށްފައިވާތީ،’ދަ ޑިމޮކްރެޓްސް’ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް، މިއަދު ބޭއްވި އިލެކްޝަންސް ކޮމިޝަންގެ 793 ވަނަ ޢާންމު ޖަލްސާގައި، މެންބަރުންގެ އިއްތިފާގުން ފާސްކޮށްފި” ޕާޓީ ރަޖިސްޓަރ ކޮށްދެމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ އެމްޑީޕީ މެމްބަރުން ތަކެއް އެ ޕާޓީން ކެނޑުމަށްފަހު އުފެއްދި ޕާޓީއެކެވެ.

އެ ޕާޓީ އުފެދުމާއެކުވެސް ރިޔާސީ އިންތުހާބުގައި ވާދަ ކުރާނެކަންއ އިއުލާނު ކޮށްފައިވެއެވެ. ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންމޭޓަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް