ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފިއެވެ.
ޑރ. މައުސޫމް އެމްޑީޕީއަށް ސޮއި ކުރެއްވީ ރޭގެ ވަގުތެއްގައި ކަމަށް އެ ޕާޓީން ބުނެއެވެ. ސޮއި ކުރެއްވުމަށްފަހު މެމްބަޝިޕް ފޯމު އެމްޑީޕީގެ އިސް ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާފައިވެއެވެ.
ކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ރިސޯޓްތައް ހިންގުމުގެ އިސް މަގާމުތަކެއް ފުރުއްވި ޑރ. މައުސޫމް ޓޫރިޒަމް މިނިސްޓަރުކަމަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.
ޑރ. މައުސޫމް އެމްޑީޕީއަށް ގުޅިވަޑައިގެންނެވުމުން މިހާރު ކެބިނެޓުގައި ތިއްބަވާނީ ޖުމްހޫރީ ޕާޓިއަށް ނިސްބަތްވެވަޑައިގަންނަވާ ދެ މިނިސްޓަރުންނެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް