ޖިންސީ ގޯނާގެ މައްސަލައެއްގައި10 އަހަރަށް ޖަލަށް ލާފައިވާ މީހަކު ގޭ ބަންދަށް ބަދަލު ކޮށްފި އެވެ.
އޭނާއަށް އެ ކުށް ސާބިތުވީ ފުވައްމުލަކު ސިޓީގައި ފުރާވަރުގެ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި ކުށުގައި އެވެ. ފުވައްމުލައް ސިޓީ, ފުނާޑު، ގިފްޓް، އަޙްމަދު އާސިމް އާއި ހަމަ އެ އަވަށު ނިކަ، މުޙައްމަދު ޙުސައިންގެ އިތުރުން މިސްކިތްމަގު، ލީނާ، ޢަބްދުﷲ ފަރުހާދުގެ މައްޗަށެވެ.
މީގެ ތެރެއިން ގޭބަންދަށް ބަދަލު ކުރީ ފަރުހާދު އެވެ. އޭނާ ގޭ ބަންދަށް ބަދަލު ކުރީ ބަލިހާލަތު ހުރި ގޮތުން އެއް މަސް ދުވަހުގެ މުއްދަތަށެވެ.
އެ މައްސަލައިގައި ގޭ ބަންދަށް ބަދަލުކުރި ފަރުހާދަކީ އެމްޑީޕީގެ އިސް ސަފުގައި އެ ރަށުގައި މަސައްކަތް ކުރާ މީހެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތިން މީހުން އެކި ދުވަސް މަތިން ޖިންސީ ގޯނާ ކޮށްފައިވަނީ 14 އަހަރާއި 16 އަހަރުގެ ދެ އަންހެން ކުދިންނަށެވެ.
އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 10 އަހަރަށް ޖަލަށް ލުމަށް މި މަހުގެ ހަތް ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް