މޯލްޑީވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަޔާ ސޭފްޓީ ޑްރިލްއެއް ބާއްވައިފި އެވެ.
މި ޑްރިލް ކުރިޔަށް ގެންދިޔައީ މަލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި އިއްޔެ ހަވީރު އެވެ.
އެމްޕީއެލުން ބުނީ އާބާދީ ބޮޑު މާލޭގެ ވިޔަފާރި ބަނދަރު، މީހުން ދިރިއުޅޭ ސަރަހައްދާ ކައިރިވުމުން އެ ކުންފުނީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަބަދުވެސް ހަރުދަނާ ވާންޖެހޭނެ ކަމަށެވެ.
އަލިފާނުގެ ހާދިސާ ފަދަ ކަންކަމުން ރައްކާތެރިވެތިބުމަށާއި އެފަދަ ކަމެއް ހިނގައިފިނަމަ ކަންކުރާނެ ގޮތުގެ ޑްރިލްތަކާއި ތަމްރީނުތައް ކުރިމަގުގައި އަބަދުވެސް ކުރިއަށް ގެންދާނެކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޕީއެލްއިން ބުނީ މާލެ ވިޔަފާރި ބަނދަރާ އެ ކުންފުނިން ބަލަހައްޓާ ހުރިހާ ޕޯޓެއްގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް