ނޮޅިވަރަންފަރުގައި ގޭސް ލީކުވެ ދެމައިން ފިހިއްޖެ

ހދ. ނޮޅިވަރަންފަރު ގެއެއްގައި ގޭސް ލީކުވެފައި ހުއްޓަ އުނދުން ރޯކުރުމުން އަލިފާން ރޯވެ ދެމައިން ފިހިއްޖެ ެވެ. މި ހާދިސާ ހިނގީ މިއަދު ހެނދުނު އެވެ. މިހާދިސާގައި ފިހިފައިވަނީ 32 އަހަރުގެ އަންހެނަކާއި އޭނ...

27 Aug 2022 | 08:44

ހދ. ނޮޅިވަރަންފަރު ގެއެއްގައި ގޭސް ލީކުވެފައި ހުއްޓަ އުނދުން ރޯކުރުމުން އަލިފާން ރޯވެ ދެމައިން ފިހިއްޖެ ެވެ.

މި ހާދިސާ ހިނގީ މިއަދު ހެނދުނު އެވެ. މިހާދިސާގައި ފިހިފައިވަނީ 32 އަހަރުގެ އަންހެނަކާއި އޭނާގެ ދެ އަހަރުގެ ދަރިފުޅެވެ

އަލިފާން ހިފުމުގެ ސަބަބުން އަންހެން މީހާގެ މޫނާއި އަތާއި ފައިގެ ތަންތަން ފިހިފައިވާއިރު ކުޑަކުއްޖާގެ ހަށިގަނޑުގެ އެކި ތަންތަން ފިހިފައިވެ އެވެ.

އެ ދެމައިންނަށް ފަރުވާދެމުން ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެވެ.

ބުރާސްފަތި ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސްޓެލްކޯ ފްލެޓެއްގައިވެސް ގޭސް ލީކުވެގެން އަންހެނަކު ފިހިފައިވެ އެވެ.

އަދި މީގެ އެއް ހަފްތާ ކުރިން ގދ. ރަތަފަންދޫގައި ގޭސް ލީކުވެގެން ފިހުނު އުމުރުން53 އަހަރުގެ އަންހެނަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް