ނުރަސްމީ ދަތުރުފުޅެއްގައި ނަޝީދު އިންޑިއާއަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ނަޝީދު އިންޑިއާއަށް ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. ނަޝީ...

27 Aug 2022 | 08:26

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ނަޝީދު އިންޑިއާއަށް ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ.

ނަޝީދުގެ މިދަތުރުފުޅާއި ގުޅޭގޮތުން އިތުރު މައުލޫމާތު އެ އިދާރާއިން އަދި ހާމައެއް ނުކުރެ އެވެ. އަދި އެނބުރި ރާއްޖެ ވަޑައިގެންނަވާނެ ދުވަހެއް ނޭނގެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި މިއަހަރުގެ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުވެސް ނަޝީދު އިންޑިއާއަށް ވަޑައިގެންނެވި އެވެ.

ނަޝީދަކީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ވެރިންނާއި ގާތް ގުޅުމެއް ބާއްވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް