ވިލިމާލޭ ފަރަށް އެރި ތިލަމާލޭ ބްރިޖުގެ މަސައްކަތް ކުރުމަށް ގެންގުޅޭ ޕްލެޓް ފޯމް ފުންކޮށްފި އެވެ.
އެ ޕްލެޓްފޯމް ފަރަށް އެރީ މިމަހުގެ މި މަހުގެ16 ވަނަ ދުވަހު އެވެ. އެ ޕްލެޓް ފޯމް ފުން ކުރިކަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ މީޑިއާގައި ކަށަވަރުކޮށްދީފަ އެވެ.
އެ އިދާރާއިން ބުނީ ޕްލެޓްފޯމް ފަރަށް އެރުމުން ލިބުނު ގެއްލުންތައް ވަރަށް ބަލަން ފަށާނެ ކަމަށެވެ.
ފްލެޓްފޯމު ވިލިމާލޭ ފަރުން ނަގާފައި މިވަނީ އެ ނުނެގި ގިނަ ދުވަސްވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފަިއވަނިކޮށެވެ. ހާއްސަކޮށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުން ދިޔައީ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުންނާނެ ކަމަށް ބުނަމުންނެވެ.
ޕްލޭނިން މިނިސްޓްރީން ބުދަ ދުވަހު ބުނީ ބުރާސްފަތި ދުވަހުގެ ނިޔަަށް ޕްލެޓްފޯމް ނަގާނެ ކަމަށެވެ. އެކަމަކު އެ މުއްދަތުގައި ނުނެގުނީ މޫސުން ގޯސްވުމުން ކަމަށް ފަހުން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް