ރަތްމަންދޫން ރައީސަށް ހޫނު މަރުހަބާއެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ. ރަތްމަންދޫއަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ. ރައީސް ސޯލިހު އެ ރަށަށް ވަޑައިގެންނެވީ މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގަ...

27 Aug 2022 | 06:57

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މ. ރަތްމަންދޫއަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ރައީސް ސޯލިހު އެ ރަށަށް ވަޑައިގެންނެވީ މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެވެ. މި ދަތުރުފުޅުގައި ރަތްމަންދޫގެ އިތުރުން، ވޭވަށް، ދިއްގަރު، މުލި އަދި މަޑުއްވަރީއަށް ވަޑައިގެންނަވާނެ އެވެ.

ރައީސް ސޯލިހު ރަތްމަންދޫއަށް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ ކައުންސިލްގެ ރައީސާއި ރަށުކައުންސިލާއި މުެއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނެވެ. އަދި ރަށުގެ ހުރިހާ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނުކުމެފައިވެ އެވެ.

ރައީސަށް މަރުހަބާ ދެންނެވުމުގެ ގޮތުން ސަގާފީ އައިޓަމެއްވެސް ފިރިހެނުން ކުރިޔަށް ގެންދިޔަ އެވެ.

ރައީސް ވަނީ އެ ރަށު ރަށުކައުންސިލާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައްދަލު ކުރައްވައި ރަށުގެ ތަރައްގީއަށް ކުރަމުންދާ މަަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި ރަށު ރައްޔިތުންނާއިވެސް ބައްދަލު ކުރައްވާފައިވެ އެވެ.

ރަތްމަންދޫގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ ފެނާއި ނަރުދަމާ އަދި ފެނަކަ އޮފީހާއި އިންޖީނުގެ އެޅުން ހިމެނެ އެވެ. މިހާރު ޓެންޑަރުގައި ހުރި މަާޝްރޫއުތަކުގެ ތެރޭގައި، ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމާއި، ސިއްހީ މަރުކަޒަށް ގަރާޖެއް އިތުރު ކުރުމުގެ އިތުރުން ފުޓްސެލް ދަނޑަކާއި ވޮލީ ކޯޓެއް އެޅުން ހިމެނެ އެވެ.

ރަތްމަންދޫއަކީ138 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހައުސިން މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރު އަދި ހެލްތް މިނިސްޓަރު ބައިވެރިވެވަޑައިގެންނަވަ އެވެ. މި ދަތުރުފުޅުގައި ރައީސް މިއަދު ދެން ވަޑައިގެންނަވާނީ މަޑުއްވަރީ އާއި ދިއްގަރަށެވެ.

މ. އަތޮޅު ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންނަވާނީ ހޯމަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް