އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮކްޓޯބަރު މަހު ބާއްވަނީ

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ އޮކްޓޯބަރު މަހު ބާއްވަން ނިންމައިފި އެވެ. އެމްޑީޕީ އޮފީހުން މީޑިއާގައި ބުނީ ޕްރައިމަރީގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމު...

27 Aug 2022 | 05:23

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ އޮކްޓޯބަރު މަހު ބާއްވަން ނިންމައިފި އެވެ.

އެމްޑީޕީ އޮފީހުން މީޑިއާގައި ބުނީ ޕްރައިމަރީގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ކުރީ ކޮޅު ހުޅުވާލާނެ ކަމަށެވެ. އެކަމަކު އޮކްޓޯބަރު މަހު ޕްރައިމަރީ ބާއްވާނެ ސީދާ ތާރީހެއް އަދި ކަނޑަނާޅަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކުރައްވާފައިވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހެވެ. ބެލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް މި އިންތިހާބުގައި ވާދަ ކުރައްވާނެ އެވެ.

މިހާތަނަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވަނީ ޕީޕީއެމްގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އަދި ޑިއާރުޕީގެ ލީޑަރު އަދި ކާށީދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

އަންނަ އަހަރުގެ އިންތިހާބުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ފަށާފައި އެވެ. އެގޮތުން ރިޔާސީ އިންތިހާބަށް ބޭނުންވާ120 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި ފިނޭންސް މިނިސްޓްރީއަށް ވަނީ ހުށަހަޅާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް