މުލަކު އަތޮޅު ދަތުރުފުޅުގައި ރައީސް ފުރާވަޑައިގެންފި

މ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރާވަޑައިގެންފި އެވެ. ރައީސްގެ މިދަތުރުފުޅުގައި ފަސް ރަށަކަށް ވަޑައިގެންނަވާނެ ކަމަށެވެ. އެއީ ރަތްމަންދޫ، ވޭވަށް، މުލި، ...

27 Aug 2022 | 04:54

މ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރާވަޑައިގެންފި އެވެ.

ރައީސްގެ މިދަތުރުފުޅުގައި ފަސް ރަށަކަށް ވަޑައިގެންނަވާނެ ކަމަށެވެ. އެއީ ރަތްމަންދޫ، ވޭވަށް، މުލި، ދިއްގަރު އަދި މަޑުއްވަރަރީ އެވެ.

އެންމެ ފުރަތމަ ވަޑައިގެންނަވަން ހަމަޖެހިފައިވަނީ ރަތްމަންދޫއަށެވެ. މިއަދު ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ އިތުރުން މަޑުއްވަރީ އާއި ދިއްގަރެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މިދަތުރުފުޅުގައި މި ރަށްތަކުގައި ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާނެ ކަމަށެވެ. އަދި ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތާއި ވޭވަށު ބަނދަރާއި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިވެ އެވެ.

ދަތުރުފުޅުގައި ރައީސް ފުރާވަޑައިގެންނަވާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 29 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް