ޔުވެންޓަސް އަށް ކުޅެމުން އައި ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކުރީގެ ކުލަބު އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.
އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި ޓްރާންސްފާއާ ގުޅޭގޮތުން ޔުނައިޓެޑާއި ޔުވެންޓަސްއާ ދެމެދު މިހާރު އެއްބަސްވުމަކަށް އައިސްފައިވާއިރު ރޮނާލްޑޯ މެޑިކަލް ފުރިހަމަ ކުރާނީ ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައެވެ.
ޔުނައިޓެޑްގައި މީގެކުރިން ހަ އަހަރު ހޭދަކުރި ރޮނާލްޑޯ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް