ރޮނާލްޑޯ ސިޓީއަށް ދިއުމަށް ހުރަސް އެޅީ ފާގަސަން: ރިޕޯޓް

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އައި އިތުބާރު ފޯވަޑް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މެނެޗެސްޓާ ސިޓީއަށް ދިއުމަށް ހުރަސް އެޅީ ޔުނައިޓެޑުގެ ކުރީގެ ކާމިޔާބު ކޯޗު އަދި ރޮނާލްޑޯޢައި ގާތް ގުޅުމެއް އޮނ...

27 Aug 2021 | 15:56

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އައި އިތުބާރު ފޯވަޑް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މެނެޗެސްޓާ ސިޓީއަށް ދިއުމަށް ހުރަސް އެޅީ ޔުނައިޓެޑުގެ ކުރީގެ ކާމިޔާބު ކޯޗު އަދި ރޮނާލްޑޯޢައި ގާތް ގުޅުމެއް އޮންނަ އެލެކްސް ފާގަސަން ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރޮނާލްޑޯ މެންޗެސްޓާ ސިޓީ އާއި ގުޅުމަށް ވަރަށް ގާތައް ދިޔަކަމަށާއި ނަމަވެސް ފާގަސަން ރޮނާލްޑޯއަށް ފޯނުންގުޅާ ސިޓީއަށް ބަދަލުވުމަށް ވުރެ ޔުނައިޓެޑަށް ބަދަލުވުން މާ ރަނގަޅު ކަމަށް ބުނެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އެހިސާބުން ރޮނާލްޑޯގެ ވިސްނުން ބަދަލުކުރީ ކަމަށް ވެސް ބުނެފައިވެއެވެ.

ޔުވެންޓަސްއާ އެކު އުމުރުން 36 އަހަރުގެ ރޮނާލްޑޯގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި އޭނާ ވަނީ މިއަދު އެ ކްލަބް ދޫކޮށްލަން ހުރިހާ ކަމެއް ނިންމައިފަ އެވެ. ރޮނާލްޑޯ ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ ސިޓީ އަށެވެ. ރިޕޯޓުތައް ބުނާ ގޮތުން ސިޓީގެ ވިސްނުން ހުރީ ރޮނާލްޑޯއާއި އެކު ދެ އަހަރުގެ އެއްބަސްވުމެއް ހަދާށެވެ. ނަމަވެސް އޭގެ ކުރިން ރޮނާލްޑޯގެ ވިސްނުން ބަދަލުކުރީ ކަމަށްވެސް ބުނެފައިވެއެވެ.

ސިޓީން ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒްއާ އެކު މަޝްވަރާ ކުރުމަށްފަހު ރަސްމީކޮށް ރޮނާލްޑޯ އަށް ދެ އަހަރުގެ އެއްބަސްވުމެއް  ހުށަހެޅުމުގައި ސިޓީގެ ބައެއް ކަންކަން ނިންމަންވެސް ނިންމިއެވެ. ނަމަވެސް ބައެއް ރިޕޯޓުތައް ބުނި ގޮތުގައި ސިޓީން ރޮނާލްޑޯ ގެންނަން ބޭނުންނުވީއެވެ.

ދުނިޔޭގެ ބައެއް މަޝްހޫރު އިތުބާރުހުރި މަޝަދަރުތަކުން ރިޕޯޓުކުރި ގޮތުގައި ސިޓީއަށް ބަދަލުވުމަށް ދެކޮޅު ހެދީ ރޮނާލްޑޯއެވެ. ސިޓީއިން ރޮނާލްޑޯ ބޭނުން ނުވީކީ ނޫނެވެ.

ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވުމަށް ތައްޔާރުވަމުން އަންނައިރު، ޔުނައިޓެޑުންވެސް ރޮނާލްޑޯއާއި އެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް