އަފްޣާނިސްތާނުގެ ކާބުލްގެ އެއަރޕޯޓް ސަރަހައްދުގައި ދިން ޙަމަލާތަކުގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަދި އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް ޢަބްދުﷲ ޝާހިދު، އެހަމަލާތައް ކުށްވެރިކުރައްވައިފިއެވެ.
އަދި މިޙަަމަލާތަކުގައި މަރުވި މީހުންނަށް ހެޔޮ ދުއާކުރައްވައި، އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް މުޅި ދުނިޔެ އެކަތިގަނޑެއްގެ ގޮތުގައި ތެދުވަން ޖެހޭކަމަށާއި، އަފްޣާން ރައްޔިތުންނާއެކުގައިވެސް މުޅި ދުނިޔެ ތެދުވަން ޖެހޭކަމަށެވެ.
ކާބުލް އެއަރޕޯޓް ސަރަހައްދުގައި އިއްޔެ ދިން ޙަމަލާތަކުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 85 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް