ރޮނާލްޑޯ ސިޓީއަށް ބަދަލުވާތީކަމަށް ބުނެ ޔުނައިޓެޑުގެ ސަޕޯޓަރުން ރުޅިގަދަ ވެގެން ރޮނާލްޑޯގެ ޖޯޒީތަކެއް އަންދާލައިފި

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޔޫވެންޓަސް ދޫކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ބަދަލުވާން އުޅޭ ކަމަށް ބުނެ ރޮނާލްޑޯގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑުގެ ސަޕޯޓަރުން ރ...

27 Aug 2021 | 13:27

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޔޫވެންޓަސް ދޫކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ބަދަލުވާން އުޅޭ ކަމަށް ބުނެ ރޮނާލްޑޯގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑުގެ ސަޕޯޓަރުން ރުޅި ގަދަވެގެން ރޮނާލްޑޯގެ ޖޯޒީއެއް އަންދާލައިފިއެވެ.

ރޮނާލްޑޯ ސިޓީއަށް ބަދަލުވާން ނިމާފައިވާ ކަމަށް އަޑުތައް ގަދަވެފައިވާ މި ދަނޑިވަޅުގައި މެންޗެސްޓާ ޔުނައިޓެޑުގެ ސަޕޯޓަރުން ދަނީ އެކަމާއި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެން ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން ޔުނައިޓެޑުގެ ސަޕޯޓަރުން ބުނާ ގޮތުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ބޭވަފާތެރިވެފައެވެ. ދޮގު ހަދާ އޮޅުވާލާފައެވެ.

ޔުނައިޓެޑުގެ ސަޕޯޓަރުން ބުނާ ގޮތުގައި ރޮނާލްޑޯ މީގެ ކުރިން ވަނީ ޔުވެންޓަސް ދޫކޮށްލާނަމަ ޔުނައިޓެޑަށް ބަދަލުވުމަށް އެއްބަސްވެފައެވެ. އަދި މީގެ ކުރިން ސިޓީއަށް ދުވަހަކުވެސް ނުކުޅޭނެ ކަމަށް ވައުދުވެފައެވެ. ނަމަވެސް މިހާރު ރޮނާލްޑޯގެ ވިސްނުން ބަދަލުވެ ޔުނައިޓެޑަށް އައުމުގެ ބަދަލުގައި ޔުނައިޓެޑާއި އެންމެ ވާދަވެރި ސިޓީއަށް ބަދަލުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ޔުނައިޓެޑުގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.

އެގޮތުން ޔުނައިޓެޑުގެ ސަޕޯޓަރުން ރުޅިގަދަވެ އޭގެ ތެރެއިން ބައެއް ސަޕޯޓަރުން ވަނީ ރޮނާލްޑޯގެ ޖާޒީއެއް އަންދާލާ އެ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

ރޮނާލްޑޯގެ ޖާޒީ އަންދާލުމުގެ އިތުރުން ޔުނައިޓެޑުގެ ސަޕޯޓަރުން ވަނީ ރޮނާލްޑޯއަށް ވަރަށް ބޮޑަށް ފާޑުކިޔާ ޓްވީޓުތަކެއް ވެސް ކޮށްފައެވެ. އެގޮތުން ކޮށްފައިވާ ބައެއް ޓްވިޓުތަކަށް ބަލާއިރު،

ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު ޔުވެންޓަސް ދޫކޮށްލަން ނިންމާފައިވާ ކަން މިހާރު ޔަގީންވެފައިވާއިރު، އޭނާ ބަދަލުވުން އެންމެ ގާތީ މެންޗެސްޓާ ސިޓީއަށެވެ. އެގޮތުން ރިޕޯޓުތަކުން ބުނާ ގޮތުން ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސް އާއި ސިޓީއާއި ދެމެދު މިހާރު ދަނީ މިކަމުގެ މަޝްވަރާތައް ވެސް ކުރަމުންނެވެ. އެގޮތުން މާދަމާގެ ވަގުތެއްގައި ސިޓީން ރޮނާލްޑޯ ހޯދުމަށް 23 މިލިއަން ޔޫރޯގެ ބިޑެއް ޔުވެންޓަސްއަށް ހުށައަޅާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯ ޔުވެންޓަސް ދޫކޮށް ދުނިޔޭގެ އެންމެ މަޝްހޫޜު ފުޓްބޯޅަ ލީގަށް ދެވަނަ ފަހަރަށް އައުމަށް ތައްޔާރުވާއިރު، ރޮނާލްޑޯގެ ކުރީގެ ކުލަބު ޔުނައިޓެޑުގެ ކޯޗު ސޮލްޝެއާވެސް ބުނެފައިވަނީ ޔުނައިޓެޑުން އަބަދުވެސް ރޮނާލްޑޯއަށް މަރުޙަބާ ކިޔާނެ ކަމަށާއި އެގޮތުން ޔުނައިޓެޑު އޮތީ ރޮނާލްޑޯގެ އިންތިޒާރުގައި ކަމަށެވެ.

" ރޮނާލްޑޯއަށް އެނގޭނެ އަހަރެމެން އޭނާއާއި މެދު ވިސްނާގޮތް. ބުރޫނޯ ލައްވާ ވެސް ރޮނާލްޑޯއާ އަހަރެމެން ވާހަތައް ދެއްކިން. ޔުވެންޓަސް ނޫން ޓީމަކަށް ބަދަލުވާނަމަ އަހަރެމެން މި ތިބީއޭ ވެސް ބުނިން." ޔުނައިޓެޑްގެ ކޯޗު ސޮލްޝެއާ ބުންޏެވެ.

ރޮނާލްޑޯ ވަނީ މީގެ ކުރިން ޔުނައިޓެޑަށް ކުޅެ ބޮޑެތި ކާމިޔާބީތަކެއްވެސް ހޯދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް