ޖަޕާނުގެ ބޮޑުވަޒީރުގެ އަރިހަށް ފޮރިން މިނިސްޓަރު ޝާހިދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް، ޢަބްދުﷲ ޝާހިދު، ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސޫގާ އާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ...

27 Aug 2021 | 13:26

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް، ޢަބްދުﷲ ޝާހިދު، ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސޫގާ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ހެޔޮ އެދުންތައް ބޮޑުވަޒީރު ސޫގާ އަށާއި، ޖަޕާން ސަރުކާރާއި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަށް ޖަޕާނުން އެކި ދާއިރާތަކުން، ޚާއްސަކޮށް ކޮވިޑްގެ ދުވަސްވަރު، ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި މިނިސްޓަރ ޝާހިދު ވަނީ ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި މީގެ އިތުރުން އދގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު ހުންނަވާއިރު އިސްކަން ދެއްވާނެ ދާއިރާތަކާ ބެހޭ ގޮތުންނާއި، އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތު" ގައި ހިމެނޭ ކަންކަމާ ބެހޭ މައުލޫމާތު، މިނިސްޓަރ ޝާހިދު ވަނީ ބޮޑޫވަޒީރު ސޫގާ އަށް ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް އުވައިސް ބައިވެރިވެވަޑައިގަތެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ މިއަދު ޖަޕާންގެ ފޮރިން މިނިސްޓަރ ޓޮޝިމިޓްސޫ މޮޓެޖީ އާއިވެސް ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޖަޕާން ސަރުކާރުގެ ދައުވަތަކަށް އޮގަސްޓް 26 އިން 28 އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް