ޔޫއްޕެ ޕްރޮޑަކްޝަންގެ ފިލްމުތައް ކުޅެން ބޭނުން މީހުންނަށް ހާއްސަ އޮޑިޝަނެއް މާދަމާރޭ

ޔޫއްޕެ ޕްރޮޑަކްޝަންއިން އުފައްދާ ފިލްމުތައް ކުޅެން ޝައުގުވެރިވާ އަންހެން އަދި ފިރިހެނުންނަށް ހާއްސަ އޮޑިޝަނެއް ބާއްވަން ނިންމައިފި އެވެ. މި އޮޑިޝަން އޮންނާނީ މާދަމާ ރޭ 7:00 ން 10:00 އަށް ސީޑް ބައި ބީސ...

27 Aug 2021 | 13:16

ޔޫއްޕެ ޕްރޮޑަކްޝަންއިން އުފައްދާ ފިލްމުތައް ކުޅެން ޝައުގުވެރިވާ އަންހެން އަދި ފިރިހެނުންނަށް ހާއްސަ އޮޑިޝަނެއް ބާއްވަން ނިންމައިފި އެވެ.

މި އޮޑިޝަން އޮންނާނީ މާދަމާ ރޭ 7:00 ން 10:00 އަށް ސީޑް ބައި ބީސީސީގައި އެވެ. ޔޫއްޕެ ޕްރޮޑަކްޝަންއިން މައުލޫމާތުދޭ ގޮތުގައި މި އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ފިލްމު ކުޅުމުގެ ޝައުގުވެރިކަން ހުންނަ ހުރިހާ އެންމެންނަށް އެބައޮތެވެ.

ކާސްޓިން ކޯލްގެ ނަމުގައި މާދަމާ ރޭ ކުރިޔަށް ގެންދާ އޮޑިޝަންގައި ވީހާވެސް ގިނަ މީޙުން ބައިވެރިވުމަށް އެދިފަ ވެއެވެ. އެ ޕްރޮޑަކްޝަންއިން ބުނީ އަންހެން އަދި ފިރިހެން ކާސްޓިން ކޯލެއް ހުޅުވާލައި، ބޮޑު އޮޑިޝަނެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އިންޑަސްޓްރީއިން އާ މޫނުތަކަށް ފުރުސަތު ދިނުން ކަމަށެވެ.

މި އޮޑިޝަންއަކީ ވަކި އުމުރު ފުރާއަކަށް ހާއްސަ އޮޑިޝަނެއް ނޫނެވެ. ކޮންމެ އުމުރުފުރާއެއްގެ މީހަކަަަަަަަަަަަަަަަށްވެސް ބައިވެރިވެވޭނެ އެވެ.

މާދަމާ ރޭ ބާއްވާ އޮޑިޝަން އަކީ ނަން ހާމަ ކޮށްފައިވާ ނުވާ ޔޫއްޕެގެ ކުރިއަށް އޮތް ބޮޑު ވެބް ސީރީޒްގެ އިތުރުން ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަންގެ ކުރިއަށް ހުރި ޕްރޮޖެކްތަކަށް ކާސްޓުން ހޯދުމުގެ މަގުސަދުގައި ބާއްވާ އޮޑިޝަނެކެވެ.

ޔޫއްޕެ ޕްރޮޑަކްޝަނުން ބުނީ، ފިލްމުތަކަށާއި ޑްރާމާތަކަށް ވާހަކަ ލިޔަން ބޭނުންވާ ފަރާތްތަކަށާއި މޭކަޕް އާޓިސްޓުންގެ އިތުރުން ފެޝަން ޑިޒައިނަރުންނަށް ހުޅުވާލައިގެން ވެސް ކައިރި މުސްތަގުބަލެއްގައި އޮޑިޝަނެއް ބާއްވަން ވާހަކަދެކެވެމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް