ލަންކާގައި ކޯވިޑް ޖެހިގެން ދިވެއްސަކު މަރުވެއްޖެ

އަވައްޓެރި ސްރީލަންކާގައި ކޯވިޑް-19 ޖެހިގެން ދިވެއްސަކު މަރުވެއްޖެ އެވެ. ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ލަންކާގައި މިހާރު ދުވާލަކު5،000 އެއްހާ މީހުންނަށް ކޯވިޑް ޖެހެ އެވެ. އަދި ދުވާލަކު ބަ...

27 Aug 2021 | 12:46

އަވައްޓެރި ސްރީލަންކާގައި ކޯވިޑް-19 ޖެހިގެން ދިވެއްސަކު މަރުވެއްޖެ އެވެ.

ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ލަންކާގައި މިހާރު ދުވާލަކު5،000 އެއްހާ މީހުންނަށް ކޯވިޑް ޖެހެ އެވެ. އަދި ދުވާލަކު ބަލީގައި މަރުވާ މީހުންގެ އަދަދު އުޅެނީ200 އިން މަތީގަ އެވެ.

“ދުވަސް” އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ކޯވިޑް ބަލީގައި ދިވެއްސަކު މަރުވުމާއި ގުޅިގެން ކޮލަމްބޯގައި ހުންނަ ދިވެހި ހައި ކޮމިޝަނުން އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށެވެ. މަރުވެފައިވަނީ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެކެވެ.

މިއުވާން ވިދާޅުވީ މިއީ ލަންކާގައި ހަލުވިކަމާއި އެކު ކޯވިޑް ފެތުރޭތީ ބަަލި ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްވަރެއް ކަމަށެވެ. އެހެން ކަމުން ލަންކާގއި ދިރިއުޅޭ ދިވެހިން އެ ގައުމުގެ ސަރުކާރުގެ އެންގުންތަކަށް ބޯލަނބައި ރައްކަތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ލަންކާގެ އެންމެ ފަހުގެ ކޯވިޑްގެ ހާލތށް ބަލާއިރު އިއްޔެ އެ ގައުމުން 4,602 މީހުންނަށް ބަލި ޖެހިފައިވެ އެވެ. އަދި ކޯވިޑްގައި209 މީހުން އިއްޔެ މަރުވެފައިވެ އެވެ.

މިހާތަނަށް ލަންކާއިން 412,370 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އަދި ބަލީގައި 8,157 މީހުން މަރުވެފައިވެ އެވެ.

ލަންކާގައި ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މިހާރު ދަނީ24 ގަޑިއިރު ކާފިއު ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް