މިއަދުގެ ހުކުރު ހުތުބާ އެންމެ ގުޅެނީ ވެރިކަން ކުރާ އެމްޑީޕީ އާއި ސަރުކާރު ކޯލިޝަންގެ އިސް ލީޑަރުންނާއި ކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވަނީ ތެދު މަޢުލޫމާތު ފެތުރުމުގެ މުހިންމު ކަމާއި، ދޮގު ހެދުމާއި ދޮގު މަޢުލޫމާތު ފެތުރުމުގެ ނުބައިކަމާއި ގުޅޭގޮތުންނެވެ. ހުތުބާގައި ބުނީ މުޖުތަމައުގެ ކޮންމެ ފަރުދަކު ވެސް މުޖުތަމައުގެ މަސްލަހަތާއި އެއްބައިވަންތައްކަން ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ޞައްޙަކަން ކަށަވަރު ނުވާ މަޢުލޫމާތު ފަތުރައިގެން ނުވާނެ ކަމަށެވެ.
ހުތުބާ އާއި ގުޅޭގޮތުން ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު އިއްވީ ވަރަށް ފުރިހަމަ ހުތުބާއެއް ކަމަށާއި ހުތުބާ އެއްކޮށް އޭނާ އަޑުއެއްސެވި ކަމަށެވެ. މި ހުތުބާ އެންމެ ގުޅެނީ އެމްޑީޕީގެ އިސްލީޑަރާއި ދެ ވަނަ އިސްލީޑަރުގެ އިތުރުން ކޯލިޝަންގެ އިސް ލީޑަރުން ކަމަށެވެ.
ޝުޖާއު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދޮގު މައުލޫމާތު ފެތުރުމުގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ސަރުކާރަށް ވިސްނިގެން އޭގެ މައްޗަށް ޙުޠުބާ ޚާއްސަ ކުރެވިގެން ދިޔައީތީ އުފާކުރައްވާ ކަމަށެވެ އަދި އެންމެ އުފާވީ ރަށު ތެރޭގައި އޭނާއާ ދިމާއަށް ހެއްދެވި ނެހެއްދެވި އަށް ގޮވަމުންގެންދެވި ބޭފުޅުން މިއަދު ޙުޠުބާ އިއްވި ވަގުތު ހެޔޮވިސްނިގެން ބޯޖަހާލަ ޖަހާލާ ތިބި މަންޒަރު ފެނުމުން ކަމަށެވެ.
https://twitter.com/IbrahimShujaau/status/1431171823224246283
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް