ވިލިމާލެއިން ހާހަކަށް ވުރެ ގިނަ ޒުވާނުން އެމްއެންޕީއާ ގުޅިއްޖެ

ވިލިމާލެއިން ހާހަކަށް ވުރެ ގިނަ ޒުވާނުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިއްޖެ ކަމަށް އެ ޕާޓީން ބުނެފި އެވެ. އެޕާޓީއަށް މީހުން ހޯދުމަށް މިހާރުކުރަމުންދާ މަސައްކަތުގައި ގިނަ އަދަދެއްގެ މީހު...

27 Aug 2021 | 10:03

ވިލިމާލެއިން ހާހަކަށް ވުރެ ގިނަ ޒުވާނުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިއްޖެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެޕާޓީއަށް މީހުން ހޯދުމަށް މިހާރުކުރަމުންދާ މަސައްކަތުގައި ގިނަ އަދަދެއްގެ މީހުން ވަނީ އެޕާޓީއާ ގުޅިފަ އެވެ.

އެ މަޖިލީހުގެ މެމްބަރުންނާއި ކުރީގެ މިނިސްޓަރުންނާއި ސިޔާސީ އެހެން ޕާޓީތަކުގެ މީހުން ވެސް ހިމެނެ އެވެ. އެގޮތުން ކުރީގެ ޖެންޑަރ މިނިސްޓަރ ސިދާތާ ޝަރީފު ވެސް އެ ޕާޓީއަށް ސޮއިކުރައްވާފައި ވެއެވެ.

މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭ4) ވެސް އަންނަނީ އެ ޕާޓީއާ ގުޅި، އިސްދައުރެއް އަދާކުރައްވަމުން ނެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވާފައިވަނީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުސާމް އަށެވެ.

އެމްއެންޕީން މިހާރު ކުރަމުން ދާ މަސައްކަތަކީ 3000 މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް