ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ވެއްްޓަށް ބަދަލުތަކެއް ދަނީ އަންނަމުން: ޝަމާލް

ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ވެއްްޓަށް ބަދަލުތަކެއް އަންނަމުންދާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ. ސިފައިންގެ 67 ވަނަ އަސާސީ ތަމުރީން ފުރިހަމަ ކުރި...

27 Aug 2021 | 05:26

ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ވެއްްޓަށް ބަދަލުތަކެއް އަންނަމުންދާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 67 ވަނަ އަސާސީ ތަމުރީން ފުރިހަމަ ކުރި ސިފައިން ހުވާކުރުމަށް ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ އެކަމުގެ ސަބަބުން އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

"އެގޮތުން ސަލާމަތީ މަސްރަހު ކިލަނބުވެފައިވާ މިދުވަސްވަރު ހައިބްރިޑް އިންޒާރުތަކާއި އެކިއެކި ނުރައްކާތެރި ފަރާތްތަކުން އުދުވާނީ ހަމަލާތައް ރާއްޖެއާ ދިމާލަށް އަމާޒުކުރޭ. މިކަންކަމާ ކުރިމަތިލުމަށް ދިވެހި އަސްކަރިއްޔާގެ ގާބިލުކަމާއި އޮޕަރޭޝަނަލް ކެޕޭސިޓީ އިތުުރުކޮށް ނިޒާމުތައް ހަރުދަނާކޮށް އާލާތްތައް އިތުރުކޮށް ވަސީލަތްތައް ހޯދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި މިގެންދަނީ ކުރަމުން" ޝަމާލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ބަދަލުވަމުންދާ ދުނިޔެއާ އެކު ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ދިވެހި އަސްކަރިއްޔާ އިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ތަމްރީން ޕްރޮގުރާމުތައް ހިންގަމުން އަންނަކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް