ޝަރަފުގެ ބެޖު ވެއްޓުނަނުދީ ރައީސް ހިފެހެއްޓުމުން ގިނަ ބައެއްގެ ތައުރީފު އޮހެނީ، ރައީސްގެ ނަންފުޅު ތާރީޙުގައި ރަން އަކުރު ލިޔެވޭނެ ކަމަށް ދަނީ ބުނަމުން

މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ޝަރަފުގެ ބެޖު ވެއްޓުނަނުދީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ހިފެހެއްޓުމުން ގިނަ ބައެއްގެ ތައުރީފު ދަނީ ރައީސްއަށް އޮހެމުންނެވެ. ރޭ ޒުވާނުން...

27 Jul 2024 | 14:48

މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ޝަރަފުގެ ބެޖު ވެއްޓުނަނުދީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ހިފެހެއްޓުމުން ގިނަ ބައެއްގެ ތައުރީފު ދަނީ ރައީސްއަށް އޮހެމުންނެވެ.

ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ހަފްލާގައި ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޚިދުމަތްތެރިންގެ އަގުވަޒަންކޮށް އެފަރާތްތަކަށް ރައީސް އިނާމުދެއްވަނިކޮށް، އެމަނިކުފާނު ދެއްވި ޝަރަފުގެ ބެޖާއި ޙަވާލުވި ފަރާތުގެ އަތުން އިނާމު ދޫވެގެން ވެއްޓެން ދިޔަ ވަގުތު، ރައީސް ހުށިޔާރުކަމާއި އެކު އެ އިނާމުގައި ހިއްޕަވާ ޝަރަފުގެ ބެޖް ވެއްޓުނަނުދިނުމުން ސޯސަލް މީޑިޔާގައި ރައީސްގެ ހުށިޔާރުކަމާމެދު އެތައް ބަޔަކު ދަނީ ތައުރީފުކުރަމުންނެވެ.

މުޅި ސޯސަލް މީޑިއާގައި ރައީސްގެ ހުށިޔާރުކަމަށް ސާބަސްދެމުން ދާއިރު، ބައެއް ބޭފުޅުން ވަނީ މި ރައީސްގެ ނަންފުޅު ތާރީޙުގައި ރަން އަކުރުން ލިޔެވޭނެ ކަމަށް ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް