މާލޭގެ ގެއަކަށް މީހަކު ވެއްދުމަށްފަހު ބަރަހަނާކޮށް، އެކައުންޓުގައި ހުރި ފައިސާ ފޭރުނު މައްސަލައެއް ބަލަމުން ދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބުނެފިއެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތުހުމަތު ކުރެވޭ އުމުރުން26 އަދި35 އަހަރުގެ ދިވެހި ދެ ފިރެހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކުގެ ބަންދަށްް30 ދުވަސް އަދި ދެވަނަ މީހާގެ ބަންދަށް 60 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މާލޭގައި ވައްކަމާއި، ފޭރުން އަދި މާރާމާރީގެ މައްސަލަތައް މިދުވަސްވަރު ދަނީ އިތުރު ވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް