ސަލްމާން މިސްކިތުގައި ނަމާދަށްހުރި މީހެއްގެ ދަބަސް ވަގަށް ނެގި މީހާގެ ބަންދަށް 10 ދުވަސް ޖެހުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އޭނާ ގެ ބަންދާއި މެދު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި، ވަގަށް ނެގި ކަމަށް ބެލެވޭ ދަބަސް އަޅުވައިގެން މިސްކިތު ސަރަހައްދުން އޭނާ ނުކުންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް އޭނާ އަކީ މިސްކިތްތަކުން ވައްކަންކުރުމުގެ އަދި ހައްޔަރު ރެކޯޑް އޮތް ފަރާތެއްކަން ކޯޓު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ. ވަކީލެއްގެ ފުރުސަތު ބޭނުންވާކަމަށް އޭނާ ބުނެފައިވާތީ ވަކީލަކު އައްޔަނުވުމުން ބަންދު މުރާޖާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް