އަބޫދާބީ މަގުން ރާއްޖެ އެތެރެކުރި ދެ ކިލޯގެ ހިރޮއިން އަތުލައިގެންފި، މަގުމަތީ އަގު ދެ މިލިނަށްވުރެ މަތީގައި

އަބޫދާބީ މަގުން ރާއްޖެ އެތެރެކުރި ދެ ކިލޯ މަސްތުވާތަކެތި އަތުލައިގަނެ ޕާކިސްތާނު މީހަކާއި ދެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ. އިސްކަންދަރު ކޮށީގައި މިއަދު ދިވެހި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ބޭއްވި ...

27 Jul 2024 | 12:44

އަބޫދާބީ މަގުން ރާއްޖެ އެތެރެކުރި ދެ ކިލޯ މަސްތުވާތަކެތި އަތުލައިގަނެ ޕާކިސްތާނު މީހަކާއި ދެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ދިވެހި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެސްނެއްގައި ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ވަހީދު ވިދާޅުވީ މި މަސްތުވާތަކެއްޗަކީ މިދިޔަ ބުދަ ދުވަހު ރާއްޖެ އައި ޕާކިސްތާނުގެ މީހަކު ގެނައި މަސްތުވާތަކެތި ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ދެ ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު އެއީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 42 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ހާމަކުރިއެވެ. އަދި ޕާކިސްތާނު މީހާ ހިމެނޭހެން ތިން މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމުގައިވެސް ފުލުހުން މިއަދު ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު ފެނުނު މަސްތުވާތަކެތި ޕޮޒިޓިވް ވެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހިރޮއިންއަށް ކަމުގައި ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް