އެލްޖީއޭގެ ބޯޑަށް ށަވިޔަނި ރައީސް

ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ށ. އަތޮޅުގެ ރައީސް މުޙައްމަދު ޝިޔާމް އިންތިހާބުވެވަޑައިގެންފިއެވެ. ޝިޔާމް އެލްޖީއޭގެ ބޯޑުގެ ގޮނޑި ކާމިޔާބު ކުރެއްވީ ބުދަ ދުވަހުގައި ބޭއްވި އިންތިހާބުގައ...

27 Jul 2024 | 08:54

ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ށ. އަތޮޅުގެ ރައީސް މުޙައްމަދު ޝިޔާމް އިންތިހާބުވެވަޑައިގެންފިއެވެ.

ޝިޔާމް އެލްޖީއޭގެ ބޯޑުގެ ގޮނޑި ކާމިޔާބު ކުރެއްވީ ބުދަ ދުވަހުގައި ބޭއްވި އިންތިހާބުގައި ވާދަކުރައްވާ 9 ވޯޓު ހޯދައްވައިގެންނެވެ.

އެލްޖީއޭގެ ބޯޑުގައި ކައުންސިލުން ތަމްސީލުކުރައްވާ ތިން ބޭފުޅަކު ހުންނަވާއިރު، އޭގެތެރޭގައި ހިމެނެނީ ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ ތިން މެމްބަރުންނެވެ. ޝިޔާމް އިންތިހާބުވެވަޑައިގަތީ އަތޮޅު ކައުންސިލްތަކުގެ ފަރާތުން އިންނަވާ މެމްބަރުގެ މަގާމަށެވެ.

މި އިންތިހާބުގައި ޝިޔާމްއާއި ވާދަކުރެއްވި ކެނޑިޑޭޓު ލ އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ އަށް ލިބިވަޑައިގެންނެވީ ހަ ވޯޓެވެ.

އެލްޖީއޭގެ ބޯޑުގައި އަތޯލު ކައުންސިލްތައް ތަމްސީލްކުރައްވާ މެމްބަރުގެ ގޮނޑި ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި، މާލެ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލް އެ މަގާމުން މިދިޔަ ޑިސެންބަރު މަހުތެރޭގައި އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް