ޓްރެފިކް ފްލޯ ބަދަލުކުރުމުގެ މަސައްކަތާއި ގުޅިގެން ހުޅުމާލެ ބަހުގެ ޚިދުމަތުގައި ހިމެނޭ ބައެއް ރޫޓްތަކަށް ބަދަލުގެނެސްފި

ހުޅުމާލެ ބަހުގެ ހިދުމަތުގައި ހިމެނޭ ބައެއް ރޫޓުތަކަށް ބަދަލު ގެނެސްފިއެވެ. އެމްޓީސީސީ އިން ބުނީ މި ބަދަލު ގެނައުމުމަށް ނިންމާފައިވަނީ، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލުކުރުމަށް ކ...

27 Jul 2024 | 08:44

ހުޅުމާލެ ބަހުގެ ހިދުމަތުގައި ހިމެނޭ ބައެއް ރޫޓުތަކަށް ބަދަލު ގެނެސްފިއެވެ.

އެމްޓީސީސީ އިން ބުނީ މި ބަދަލު ގެނައުމުމަށް ނިންމާފައިވަނީ، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު (ބަގީޗާ ހިނގުން) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކުރަން ނިންމާފައި ވުމުންނެވެ.

އެހެންކަމުން އެ ނިންމުމާއި ގުޅިގެން މިއަދުން ފެށިގެން ހުޅުމާލެ ބަހުގެ ހިދުމަތުގައި ހިމެނޭ ހަތަރު ރޫޓަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ބަދަލު ގެނައި ރޫޓާއި ބަސް ނަންބަރު:

  • އާރު 2 - މާލެ (ކާނިވަލް) - ހުޅުމާލެ ފޭސް އެެކެއް
  • އާރު 7- ހުޅުމާލެ ފޭސް ދޭއް - މާލެ (ވެސްޓް ޕާކް)
  • އާރު 8- ހުޅުމާލެ ފޭސް ދޭއް - މާލެ (ކާނިވަލް)
  • އާރު 9- ހުޅުމާލެ ފޭސް ދޭއް - ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް

އެ ބަސް ރޫޓުތަކާ އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން ނަމްބަރު 1650 އާ ގުޅުމުން ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް