ގިނަ ކޮންޓެންޓްތަކަކާއި އެކު އިިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އާ ވެބްސައިޓު ލޯންޗުކޮށްފި

ގިނަ ކޮންޓެންޓްތަކަކާއި އެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ރަސްމީ ވެންސައިޓު ލޯންޗުކޮށްފިއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ރޭ އެ ވެބްސައިޓު ލޯންޗުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްްޔާތު...

27 Jul 2024 | 08:35

ގިނަ ކޮންޓެންޓްތަކަކާއި އެކު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ރަސްމީ ވެންސައިޓު ލޯންޗުކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ރޭ އެ ވެބްސައިޓު ލޯންޗުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްްޔާތުގައި ރަސްމީކޮށް ވެބްސައިޓް ލޯންޗުކޮށްދެއްވާފައިވަނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

އެ ވެބްސައިޓު ލޯންޗުކޮށްފައިވަނީ، އިސްލާމީ ވަޤުފް އޮންލައިން ލައިބްރަރީއަކާއި އެކުގައެވެ. އެ ލައިބްރަރީގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޕަބްލިޝްކޮށްފައިވާ ފޮތްތައް ހިމެނެއެވެ.

މީގެއިތުރުން ކީރިތި ރަސޫލާގެ ސިޔަރަތުގެ ދިވެހި ބަހުން ވީޑިއޯއިން ރިޕޯޓުތަކުގެ ސިފައިގައި ބަލައި އަޑު އަހާލަން ޙާއްސަ ޔުނިޓެއްގެ އިތުރުން ރިސާލަތު ޕްރޮގްރާމްގެ ހުރިހައި މައުޟޫއެއް ދިވެހި އަދި އިގިރޭސި ބަހުން ލިބެން ހުންނާނެ ޙާއްސަ ޔުނިޓެއް ވެބްސައިޓްގައި ވަނީ ޤާއިމްކޮށްފައެވެ.

އަދި އެ އިދާރީ ހުރިހައި މައުލޫމާތުތަކާ ގުޅޭ މައުލޫމާތާއި އުސޫލުތަކާއި ފޯމްތައް ވެސް ސައިޓުން ލިބެން ހުންނާނެއެވެ.

އެ ވެބްސައިޓުން "ހިދާޔަތުގެ އަލި" މަޖައްލާ އަލުން ނެރެން ފަށައި އެ މަޖައްލާ ލިބޭނެ އިންތިޒާމު ވެސްު ވަނީ ހަމަޖައްސާފައެވެ.

ޑރ ޝަހީމް ވުޒާރާއާއި ހަވާލުވެވަޑައިގެންނެވި ފަހުން ވުޒާރާގެ ކަންކަން ޑިޖިޓަލް ކުރުމަށާއި ޑިޖިޓަލް މީޑިއަމް ތަކުގެ ޒަރިއްޔާއިން ވުޒާރާގެ މައުލޫމާތުތައް ފޯރުކޮށްދެއްވުމަށް ދަނީ ޙާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް