ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިމިފައި ވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
މި މަޝްރޫޢުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ހުރިހާ ބޮޑުހިލަތަކެއްވެސް ވަނީ ސައިޓަށް ގެންދެވި އަންލޯޑްވެސް ކުރެވިފައެވެ.
ބާކީ ހުރި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ %54 ފުރިހަމަކުރެވިފައިވާއިރު، މުޅި ޕްރޮޖެކްޓްގެ %75 މަސައްކަތް ވަނީ މިހާރު ނިމިފައެވެ.
އެ ކުންފުނިން ޗަރޓަރކޮށްފައިވާ ޑްރެޖަރު "ފިލިޕޯ ބްރުނެލެޝީ" ށ. ކޮމަންޑޫގެ ބިން ހިއްކުމަށްޓަކައި މިއަދު މޮބިލައިޒްކުރެވޭނެއެވެ.
މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ 116.94 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މަޝްރޫއުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް