ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިޖުތިމާއީ މަސައްކަތްތައް ކުރައްވަން މީގެ 13 އަހަރު ކުރިން އުފެއްދި މައުމޫން ފައުންޑޭޝަން އުވާލަން ޔޫތް މިނިސްޓްރީންއިއުލާންކޮށްފި އެވެ. އަދި ލިޔެކިޔުންތައް ފުރިހަމަ ކޮށްފައި ނުވާ 1989 ޖަމިއްޔާއެއްގެ ނަން އާންމުކޮށް، ގާނޫނާ އެއްގޮތަށް އަމަލު ކުރަން އެ ޖަމިއްޔާތަކަށްވެސްފުރުސަތެއް ދީފިއެވެ.
މައުމޫން ފައުންޑޭޝަން އުފެއްދީއްސުރެ، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ގިނަ ފުރުސަތުތަކެއް ވަނީ މިހާތަނަށް ފަހިކޮށްދީފަ އެވެ. އަދި އެފައުންޑޭޝަނުން ދަރިވަރުންނަށް ސްކޮލާޝިޕް ދިނުމާއި ދިނީ ދަރުސްތައް ވެސް ދެ އެވެ. އެހެންނަމަވެސް ކޮވިޑަށް ފަހު އެ ޖަމިއްޔާގެ ކަންކަން ކުރިއަށްގެންގޮސްފައެއް ނުވެ އެވެ.
މީގެ އިތުރަށް، ޔޫތް މިނިސްޓްރީން މިއަދު އާންމުކުރި ލިސްޓުގައި މައުމޫން ފައުންޑޭޝަންގެ އިތުރުން 1989 ޖަމިއްޔާއެއް އުވާލުމަށް ނިންމި އެވެ. ނަމަވެސް ޖަމިއްޔާތައްއުވާލަން ނިންމިޔަސް ލިޔެކިޔުންތައް ފުރިހަމަކޮށް، އުވާލުން ހުއްޓުވުމަށް އެދުމަށް އިތުރު ފުރުސަތެއް ވަނީ ދީފައެވެ.
މި ޖަމިއްޔާތަށް އުވާލުމަށް ނިންމީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކުގެ ތެރެއިން މި އަހަރުގެ ނިޔަލަށް ޖެހިހެހިގެން ދެ އަހަރުގެ އަހަރީ ރިޕޯޓްހުށަހަޅާފައި ނެތުމުންނެވެ. އަދި ރަޖިސްޓްރީ ކޮށްފައި ނެތުމުންނެވެ.
މިހާރު އާންމުކޮށްފައިވާ ލިސްޓްގައިވާ ޖަމިއްޔާތަަކަށް ސެޕްޓެމްބަރު 24، 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް އިތުރު ފުރުސަތެއް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ފުރުސަތު ދޭން ނިންމީ ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކުން ނިސްބަތްވާ ރަށާއި އަތޮޅަށް އަދި މުޅި ގައުމަށް ފައިދާ ހުރި މަސައްކަތްތަކެއްހިލޭސާބަހަށް ކުރާތީ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް