ގާސިމްގެ ކުރީގެ އެޑްވައިޒަރު ހަނަފީ އާއިލާގެ 60 މީހުންނާއެކު އެމްޑީޕީއަށް ސޮއިކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުރީގެ އެޑްވައިޒަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއިލާގެ60 މެމްބަރުންނާއެކު އެމްޑީޕީއަށް ސޮއިކޮށްފިއެވެ. ހަނަފީ ޖޭޕީއިން ވަކިވީ މާރޗް މަހުގެ ތެރޭގަ...

27 Jul 2023 | 08:31

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުރީގެ އެޑްވައިޒަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއިލާގެ60 މެމްބަރުންނާއެކު އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

ހަނަފީ ޖޭޕީއިން ވަކިވީ މާރޗް މަހުގެ ތެރޭގައެވެ.

ހަނަފީ އަކީ ޖޭޕީގެ ސްލޮޓެއްގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަދި އޭނާ ކުރިޔަށް އޮތް ފަސް އަހަރަށް ގާސިމްގެ އެޑްވައިޒަރު ކަމަށް އައްޔަން ކުރުމުންވެސް ވަނީ ޕާޓީ ދޫކުރައްވާފައެވެ.

އެކަމަކު މަގާމު ގަބޫލު ނުކުރައްވާ ޕާޓީން ވަކިވާން ނިންމައި ގާސިމްއަށް ފޮނުއްވި ސިޓީގައި ހަނަފީ ވިދާޅުވީ ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެވިފައިވާ ކަމަށެވެ. މިވޭތުވެދިޔަ ތަނުގައި ގާސިމް ބެހެއްޓެވި ގާތް ކަމަށް ޝުކުރު އަދާ ކޮށްފައިވެ އެވެ.

https://twitter.com/MDPSecretariat/status/1684474228962385920

މިކަމާއި ގުޅޭގޮތުން އޭރު ހަނަފީ އެއްޗެއް ވިދާޅު ނުވި ނަމަވެސް އޭރުވެސް ލަފާ ކުރެވުނީ ހަނަފީ އެމްޑީޕީއާ ގުޅިވަޑާއިގަންނަވާނެ ކަމަށެވެ. ހަނަފީގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް އެހެން މެމްބަރުންވެސް ވަނީ ޖޭޕީއިން އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް