މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ މި މަހުގެ ތިންވަނަ ވެކޭޝަންއަށް ފުރައިފިއެވެ.
އައްޒަ މި މަހު ފުރަތަމަ ޗުއްޓީއަށް ފުރީ، ބޮޑު އީދު ޝޯތަކަކަށްފަހު ޗުއްޓީއަށް މެލޭޝިޔާއަށެވެ. އެ ދަތުރުގައި އައްޒަގެ އިތުރުން ބައިވެރިވަނީ އައްޒަގެ ދަރިފުޅު މުހައްމަދު އީތަންއާއި ދައްތަ އައިޝަތު ރިޝްމީގެ އިތުރުން ރިޝްމީގެ ދަރިފުޅު އިސްމާއިލް އަޒެއިލްއެވެ.
އެ ދަތުރުން އެނބުރި އަހިސް އައްޒަ ވަނީ އޭނާގެ ފިރިމީހާ އަބްދުﷲ މުއާޒް އާއެކު މ. މުއްޔަށް ޗުއްޓީއަށް ގޮސްފައެވެ. އަދި އެރަށުގައި ދުވަސްކޮޅަކު ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި މާލެ އަހިސް އަނެއްކާވެސް އައްޒަ ފުރީ ވެކޭޝަން އަކަށެވެ.
މިފަހަރު ޗުއްޓީއަށް ދިޔަ ތަނެއް އަދި ހާމަ ނުކުރި ނަމަވެސް 'ޖަސްޓް އެރައިވްޑް' ޕޯސްޓަކާއެކު މަންޒިލަށް ދެވިއްޖެ ކަން އައްޒަ ވަނީ ކަށަވަރު ކޮށްދީފައެވެ. މި ދަތުރުގައި އައްޒަ އާއެކު ބައިވެރތި ވަނީ އައްޒަގެ ދަރިފުޅު އީތަންއާއި މުއާގެ ދަރިފުޅު އައިރީން އަބްދުﷲ މުއާޒް (ރޫބީ)އެވެ. މިއީ ހަމައެކަނި ތިން މައިންގެ ދަތުރެކެވެ.
މި މަހުގެ ވެކޭޝަން ތަކަށް ފުރުމުގެ ކުރިން އައްޒަ އެންމެ ފަހުން ބައިވެރިވެފައި ވަނީވެސް ރޫބީގެ އުފަންދުވަހުގެ ޕާޓީގައެވެ. އެ ޕާޓީގައި އައްޒަގެ އާއިލާއިން ވަނީ ބައިވެރި ވެފައެވެ.
މިދިޔަ އޯގަސްޓް މަހުގެ ތެރޭގައިވެސް އައްޒަ ވަނީ ދެ ދަރިންނާއެކު ޗުއްޓީއަށް ގޮސްފައެވެ. މުއާވެސް ބައިވެރިވި އެ ދަތުރުގައި އެމީޙުން ގޮސްފައި ވަނީ އިންޑިޔާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް