ހަނގުރާމަ ހިނގަމުންދަނިކޮށް "ސިކް ލީވް"އެއްގައި ހުރެ ޗުއްޓީއަށް ރާއްޖެ އައި އެމްޕީއެއްގެ މައްސަލަ ބަލަނީ

ރަޝިޔާ – ޔޫކްރޭން ހަނގުރާމަ ކުރިއަށްދަނިކޮށް ބަލިކަމަށްބުނެ ނެގި ޗުއްޓީގައި އާއިލާއާއެކު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރި، ޔޫކްރޭން އެމްޕީއެއްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. އެގޮތުން ތަހުގީގު ކ...

27 Jul 2023 | 06:50

ރަޝިޔާ – ޔޫކްރޭން ހަނގުރާމަ ކުރިއަށްދަނިކޮށް ބަލިކަމަށްބުނެ ނެގި ޗުއްޓީގައި އާއިލާއާއެކު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރި، ޔޫކްރޭން އެމްޕީއެއްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

އެގޮތުން ތަހުގީގު ކުރަމުން އަންނަނީ ޔޫރިވް އަރިސްތޯވް ނަމަކަށް ކިޔާ އެމްޕީއެއްގެ މައްސަލައެވެ.

އެ ގައުމުގެ ސްޓޭޓް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން (އެސްބީއައި) އިން އބުނެފައިވާގޮތުގައި މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އަރިސްތޯވް ޕޮލެންޑަށް ދިޔައީ ތިން ދުވަހުގެ ރަސްމީ ދަތުރެއްގައެވެ. އަދި އެއަށްފަހު މި މަހުގެ 10ގައި މެޑިކަލް ލީވަކަށް އެޕްލައިކުރިއެވެ. މެޑިކަލް އެ ލީވް މި މި މަހުގެ 19 ގައި ހަމަވެފައިވާއިރު ބެލި ބެލުމުން އޭނާ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރިކަން ދެނެގަނެވުނު ކަމަށް އެސްބީއައިއިން ބުނެފައިވެއެވެ.

މި ތަހުގީގުން ދައުވާކޮށް އޭނާގެ މައްޗަށް ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް