ޔާމީނަށް ބޭވަފާތެރިއެއް ނުވާނަން: މުއިއްޒު

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ބޭވަފާތެރި ނުވާނެ ކަމަށާއި ޔާމީނަކީ ހުރިހާ ރައްޔިތުންވެސް އިތުބާރު ކުރާ ޝަހުސިއްޔަތެއް ކަ...

27 Jul 2023 | 04:48

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ބޭވަފާތެރި ނުވާނެ ކަމަށާއި ޔާމީނަކީ ހުރިހާ ރައްޔިތުންވެސް އިތުބާރު ކުރާ ޝަހުސިއްޔަތެއް ކަމަށް ޕީޕިއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، އިއްޔެ ބޭއްވުމަށް ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުން ފަހު ވަގުތު ކެންސަލް ކުރުމަށްފަހު 'ޗެނަލް13'މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

މުއިއްޒު މިފަދަ މެސެޖެއް ދެއްވާފައި މިވަނީ، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ހޯއްދަވަން މުއިއްޒު މަސައްކަތް ކުރައްވާކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

މީގެ ކުރިން އެ އަޑުތަކަށް ރައްދު ދެއްވަން ނޫޅުއްވާކަން އަމިއްލަޔަށް ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ އެ ވާހަކަތަކަށް ރައްދު ނުދެއްވާ އަބަދު ހުންނަވާނަމަ ޕާޓީގެ ތެރޭގައިވެސް ނުތަނަވަސްކަން އުފެދޭނެ ކަމަށެވެ.

ރިޔާސީ ޓިކެޓާ ބެހޭގޮތުން މުއިއްޒު ވިދާޅުވީ، ޔާމީނަށް ޓިކެޓް އެރުވީ ޕީޕީއެމްގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން، ހިތުގެ އަޑިން އެކަމަށް ބޭނުންވެގެން ކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ މިވަގުތު ޕާޓީއަށްވެސް އަދި ގައުމަށްވެސް އެންމެ ފައިދާ ބޮޑީ ރައީސް ޔާމީންގެ ރިޔާސީ ޓިކެޓަށް ޗެލެންޖް ނުކުރުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް