އެމްޑީޕީއާއެކު ކޯލީޝަން ނުހަދަން އެމްއާރްއެމްއިން ރަސްމީކޮށް ނިންމައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތްކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް އެރުވި ދައުވަތަށް އެމްއާރްއެމްއިން ނޫނެކ...

27 Jul 2023 | 03:19

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތްކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް އެރުވި ދައުވަތަށް އެމްއާރްއެމްއިން ނޫނެކޭ ބުނެފިއެވެ.

މިކަން ހާމަކޮށް އެމްއާރްއެމްއިން ބުނެފައިވަނި އެ ނިންމުން ނިންމާފައިވަނީ އެ ޕާޓީގެ އެކްސްކޯއިން ކަމަށެވެ.

" އެމް.ޑީ،ޕީއިން ހުށަހަޅާފައިވާ ބައެއް ސިޔާސަތުތަކަށް އެމް.އާރް.އެމް އަށް އެއްބަސް ނުވެވޭތީ، މިޕާޓީގެ އެގްޒެކެޓިވް ކޮމިޓީގެ މި އަހަރުގެ 10 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި އެމް.ޑީ.ޕީ އާއި އެކު މަސައްކަތް ކުރަން ނުފެންނަ ކަމަށެވެ." އެމްއާރްއެމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.

އެމްއާރްއެމްއިން މި ނިންމުން މި މޭރުމުން ނިންމާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެނޑިޑޭޓަކު ނެރުމަށް ޕްރައިމަރީއެއް ބާއްވަން ނިންމައި އެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން އެ ޕާޓީން އަންނަނީ ކުރިއަށް ރިޔާސީ އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމަށް ބައެއް ޕާޓީތަކާއެކު މަޝްވަރާތައްވެސް ކުރަމުންނެވެ.

އެމްޑީޕީގެ ކޯލީޝަން ދައުވަތަށް އެމްއާރްއެމްއިން ނޫނެކޭ ބުނެފައިވާއިރު އެމްއާރްއެމްއަކީ މިހާރު އޮތް ސަރުކާރުގެ ކޯލީޝަން ޕާޓްނަރެކެވެ. މިހާރު މި އޮތް ކޯލީޝަން ޕާޓްނަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އެމްއާރްއެމްއިން ނޫނެކޭ ބުނެފައިވާއިރު މިހާރު އޮތް ކޯލީޝަންގެ އަނެއް ޕާޓްނަރު ކަމުގައިވާ އަދާލަތު ޕާޓީންވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްވެސް އެމްޑީޕީއާއެކު ކޯލީޝަން ހަދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް