ސިޓީ ކައުންސިލުން މިސްކިތްތަކުގައި ހަރުކުރި ސީސީޓީވީ ކެމެރާތަކުގެ އެހީގައި ދެ ވަގަކު އަތުލައިގެންފި

މާލޭގެ މިސްކިތްތަކުގައި މާލޭ ސިޓީ ކައުންސިލުން ހަރުކޮށްފައިވާ ސީސީ ޓީވީ ކެމެރާ ނިޒާމުގެ އެހީގައި މިސްކިތަކުން ދެ ވަގަކު އަތުލައިގެންފިއެވެ. މިކަން ހާމަކުރެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއް...

27 Jul 2022 | 15:38

މާލޭގެ މިސްކިތްތަކުގައި މާލޭ ސިޓީ ކައުންސިލުން ހަރުކޮށްފައިވާ ސީސީ ޓީވީ ކެމެރާ ނިޒާމުގެ އެހީގައި މިސްކިތަކުން ދެ ވަގަކު އަތުލައިގެންފިއެވެ.

މިކަން ހާމަކުރެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

މޭޔަރު ވިދާޅުވީ މާލޭގެ މިސްކިތައް ބެލެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން ގާއިމްކށްފައިވާ ސީސީޓީވީ ނިޒާމުގެ އެހީގައި ރޭގައި ޖަމާލުއްދީން މިސްކިތުން ވައްކަންކުރަން އުޅުނު ދެ މީހަކު ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނުކަމަށެވެ.

https://twitter.com/MMuizzu/status/1552287934078124032

މިސްކިތްތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށްވެސް މޭޔަރު ގޮވާލައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް