ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފި- ތިން މީހަކަށް އަނިޔާވި!

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާ، ތިން މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާގައިވަނީ ހުޅުމާލެ ނިރޮޅު މަގުގައި ތިން ސައިކަލު ޖެހިގެން ކަމަށެވެ. ހުޅުމާލެ ނިރޮޅު މަގު އެއް ނަމްބ...

27 Jul 2022 | 14:06

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާ، ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާގައިވަނީ ހުޅުމާލެ ނިރޮޅު މަގުގައި ތިން ސައިކަލު ޖެހިގެން ކަމަށެވެ.

ހުޅުމާލެ ނިރޮޅު މަގު އެއް ނަމްބަރު ފްލެޓް ކައިރީގަައި ތިން ސައިކަލެއް އެކްސިޑެންޓްވެފައިވާކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބުނީ މިއަދު ހަވީރު 16:35 ހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދިހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް