ޓޮޓެންހަމް އަށް ކުޅެމުން އަންނަ ފޯވާޑް ހެރީ ކޭން ހޯދުމަށް ޗެލްސީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކޭން ހޯދުމަށް ޗެލްސީން މަސައްކަތް ފަށާފައިވާއިރު، ޖަރުމަންގެ ބަޔާން މިޔުނިކް އިން ވެސް ކޭން ހޯދުމަށް ޝައުގުވެރިވެއެވެ.
ކޭން ވިއްކާލުމަށް ޓޮޓެންހަމުން ދެކޮޅު ހަދަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނާ އިރު، ބައެއް ރިޕޯޓްތައް ބުނާގޮތުން ކޭން ބޭނުން ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދޭނެ ކުލަބަކަށް ބަދަލުވުމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޓޮޓެންހަމުން ކޭން ވިއްކާލިނަމަވެސް ވިއްކާލާނީ ގައުމުން ބޭރު ކުލަބަކަށެވެ. ޕްރިމިއާ ލީގުގައި ވާދަކުރާ އެއްވެސް ކުލަބަކަށް ކޭން ނުވިއްކަން ޓޮޓެންހަމް އިން ބުނެފައިވާ ކަމަށް އިނިގިރޭސި މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
އިނިގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހަފްތާއަކު 2 ލައްކަ ޕައުންޑުގެ މުސާރައެއް ކޭން އަށް ދިނުމަށް ވެސް ޗެލްސީން އޮތީ ތައްޔާރަށެވެ.
ޓޮޓެންހަމް އިން 2009 ވަނަ އަހަރު ސީނިއާ ކެރިޔަރު ފެށި ކޭން ވަނީ ލޯނުގެ ދަށުން ބައެއް ކުލަބުތަކަށް މީގެ ކުރިން ކުޅެފައެވެ. އެގޮތުން އިގިރޭސި ދެވަނަ ޑިވިސަންގެ ކުލަބެއް ކަމުގައިވާ ލޭޓަން އޯރިއެންޓް އާއި މިލްވޯލްގެ އިތުރުން ނޯވިޗް ސިޓީއާއި ލެސްޓަރ ސިޓީއަށްވެސް ކޭން ވަނީ ކުޅެފައެވެ.
ޗެލްސީން މިހާރު ވަނީ މި ޓްރާންސްފާގައިި 47.5 މިލިއަން ޕައުންޑުގެ ފީއަކަށް ސިޓީއަށް ކުޅެމުން އައި ރަހީމް ސްޓާލިން ގެ ސޮއި ހޯދާފައެވެ. ނަމަވެސް ޗެލްސީން ދަނީ އަދިވެސް އިތުރު ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް