އިންޑޮނޭޝިއާއިން އޮން އެރައިވަލް ވިސާ ދޭ ގައުމުތަކުގެ ލިސްޓަށް ދިވެހިރާއްޖެ ލައިފިއެވެ.
އެ ލިސްޓުގައި މިއަދުން ފެށިގެން ރާއްޖެ ހިމަނާފައިވާއިރު، މިއަދުން ފެށިގެން އިންޑޮނޭޝިއާގެ އޮން އެރައިވަލް ވިސާ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެއެވެ.
އެކަން ފާހަގަކުރައްވާ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރު، ރެޓްނޯ މަރުސުދީއަށް ޝުކުރުދަންނަވާފައެވެ.
https://twitter.com/abdulla_shahid/status/1552186159798910977
އިންޑޮނޭޝިއާ އަކީ ރާއްޖޭގެ މީހުން އެކި ބޭނުންތަކާއި ވިޔަފާރީގެ އެކި ކަންކަމުގައި ގިނަ ދިވެހިން އެ ގައުމަށް ދާއިރު، މިއީ ދިވެހީންނަށް ލިބުނނު ވަރަށް ބޮޑު ލުއި ފަސޭހައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް