އާޖެންޓީނާގެ ސަންޓަ ފޭ ޕްރޮވިންސްގެ ލާސް ޕަރޭޖާސްގެ ކުނިގޮނޑަކުން ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރު ފެނިގެން އެ އަވަށުގެ ގިނަ ބަޔަކު ގޮނޑު ހޮވަން ނިކުމެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުުނާގޮތުގައި އެންމެ ފުރަތަމަ 100 ނޫޓުގެ ދެތިން ޑޮލަރު ފެނުނީ އެ ގޮނޑުގައި މަސައްކަތްކުރަމުންދިޔަ މީހަކަށެވެ. އޭނާއަށް އެ ނޯޓުގެ އާކަން ފާހަގަކުރެވިގެން، އިތުރަށް ހޯދި ހޯދުމުން ފަސް ހާހެއް ޑޮލަރު ފެނުނު ކަމަަށް ރިޕޯޓްކޮށްފައިވެއެވެ.
ޑޮލަރު ހޮވި އިތުރު މީހަކު ބުނެފައިވަނީ އޭނާއާއި އޭނާގެ އިތުރު ހަތަރު އެކުވެރިއަކު ހައެއްކަ ގަޑިއިރު ގޮނޑު ހޮވައިގެން މީހަކަށް 10 ހާހަށްވުރެ ގިނަ ޑޮލަރު ލިބުނު ކަމަށެވެ. އަދި އެމީހުންގެ ކައިރީގައި އުޅުނު އެހެން ޒުވާނަކު 25 ހާހަށްވުރެ ގިނަ ޑޮލަރު ގޮނޑުން ހޮވި ކަމަށެވެ.
ތުން ތުން މަތިން ގޮނޑުން ޑޮލަރު ހޮވާ އަޑު އަވަށްތެރޭ ފެތުރި، ގިނަ ބަޔަކު ގޮނޑު ހޮވަން ނިކުތުުމުން ސަލާމަތީ ބާރުތަކުން މިހާރު ވަނީ އެ ގޮނޑު ބަންދުކޮށްފައެވެ.
ގޮނޑުހޮވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ބުނެފައިވާގޮތުގައ އެ ޑޮލަރު ނޫޓުތައް ވަރަށް އަލެވެ. ނަމަވެސް އެ އައީ ކޮން ދިމާލަކުން ކަން ނޭނގުނު ނަމަވެސް މަދުވެގެން ލައްކައެއްހާ ޑޮލަރު އާންމުން އެ ގޮނޑުން ހޮވިކަމަށްވެއެވެ. އަދި އިތުރަށްވެސް އެ ގޮނޑުގައި ޑޮލަރު ހުރުން އެކަށީގެންވާތީ އެކަން ސަލާމަތީ ބާރުތަކުންވެސް މިހާރު އަންނަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް