ރިޔާސީ އިންތިޚާބަށް ގާތްވެފައިވާއިރު ރައްޔިތުންނަށް ކޮށްދޭނެ ކަންކަމުގެ ވާހަކަ އިދިކޮޅުން ނުދައްކާ: މިނިސްޓަރ މާރިޔާ

ރިޔާސީ އިންތިޚާބަށް ގާތްވެފައިވާއިރު ރައްޔިތުންނަށް ކޮށްދޭނެ ކަންކަމުގެ ވާހަކަ އިދިކޮޅުން ނުދައްކާ ކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ "ރާއްޖެ ޓ...

27 Jul 2022 | 09:01

ރިޔާސީ އިންތިޚާބަށް ގާތްވެފައިވާއިރު ރައްޔިތުންނަށް ކޮށްދޭނެ ކަންކަމުގެ ވާހަކަ އިދިކޮޅުން ނުދައްކާ ކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

މި އިންޓަރވިއު ގައި މިނިސްޓަރ މާރިޔާ ވިދާޅުވީ ނަފްރަތު އުފެއްދުން ނޫން ކަމެއް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނުކުރާ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރަނީ ވެރިކަމުގައި ހަދާފައި ހުރި ގޯސްތައް ފޮރުވުމުގެ ބޭނުމުގައި ކަމަށެވެ.

އެހެން ނަމަވެސް އެކަން ފޮރުވުމުގެ ގޮތުން ގައުމުގެ ސަލާމަތީ ކަންކަން ނުރައްކަލުގެ ތެރެއަށް ވައްޓާލުމަކީ ޒިންމާދާރުކަމާއެކު ވެރިކަން ކުރަން އުޅޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ވެސް ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މާރިއާ އިތުރަށް ވިދާޅުވީ އެފަދަ ކަންކަން ކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކުގެ ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ މަސައްކަތާއި ގައުމީ މަސައްކަތް ތަފާތު ކުރަންޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް