ޔޯގާ ހަރާމް ނޫންކަމުގައި ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ހުޅަނގުދާއިރާ ތަމްސީލުކުރައައްވާ މެންބަރު ވިދާޅުވެފައިވަނީ ޔޯގާ އާއި އެއިރޯބިކްސް ފަދަ ކަސްރަތުތައް އެއީ ޤާނޫނުއަސާސީގައިވެސް އެއްވެސް ޤާނޫނެއްގައިވެސް އަދި އަމުދުން އިސްލާމް ދީނުގައި ވެސް މަނާ ކަންކަމެއް ނޫން ކަމަށެވެ.
"އިސްލާމް ދީނުގައި ހަރާމް ނޫން ކަންކަން އެއީ ހަރާމް ކަންކަމަށް ހަދަން މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން" ހަސަން ލަތީފް ވިދާޅުވެފައިވެއެވެ.
މި މައުލޫގައި ހަސަން މިހެން ވިދާޅުވެފައިވާއިރު އަދާލަތު ޕާޓީއާއި އިލްމުވެރިންގެ ގުޅުމުން އެތައް ސަތޭކަ އިލްމުވެރިޔަކު މިވަނީ ޔޯގާއަކީ ހަރާމްކަމެއްކަމުގައި އިއްތިފާގުވެ އެކަން ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް