ދީނީގޮތުން ބައިބައިވުމަށް ފުރުސަތު ނުދެއްވައި ފަތުވާ ކައުންސިލް އެކްޓިވޭޓް ކުރުމަށް ޑރ. ޝަހީމް ގޮވާލައްވައިފި

ގައުމު ދީނީ ގޮތުން ބައިބައިވުމަށް ޖާގަނުދެއްވައި ރާއްޖޭގެ ފަތުވާ ކައުންސިލް އެކްޓިވޭޓް ކުރުމަށް އިސްލާމިކް މިިނިސްޓްރީއަށް، ޑރ. ޝަހީމް ގޮވާލައްވައިފިއެވެ. ކުރީގެ އިސްލާމިކް މިނިސްޓަރުކަންވެސް ކުރެއްވި...

27 Jul 2022 | 06:31

ގައުމު ދީނީ ގޮތުން ބައިބައިވުމަށް ޖާގަނުދެއްވައި ރާއްޖޭގެ ފަތުވާ ކައުންސިލް އެކްޓިވޭޓް ކުރުމަށް އިސްލާމިކް މިިނިސްޓްރީއަށް، ޑރ. ޝަހީމް ގޮވާލައްވައިފިއެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރުކަންވެސް ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިކަމަށް ގޮވައިލެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޑރ. ޝަހީމް މިކަމަށް ގޮވާލާފައިވާއިރު އަދާލަތާއި އިލްމުވެރިންގެ ގުޅުމުން ވަނީ ޔޯގާ ހަރާމްކަމަށް ވިދާޅުވެ އެކަން ހާމަކުރައްވާފައެވެ. އަނެއްކޮޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ޔޯގާއަކީ ޝިރުކެއްކަން ދަންނަބޭކަލުންގެ އިޖްމާއުއެއް ނެތެވެ. ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ހުކުމެއްކަމަށް ބަލައިގަންނަން ދަތި ކަމަށެވެ.

ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައިވަނީ ކަސްރަތެއްގެ ގޮތުގައި ކުރާނަމަ ޔޯގާގައި މައްސަލައެއް ނެތްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް