ގޮތާބޭ ސިންގަޕޫރު ވިސާ އާކުރައްވައިފި، އިތުރު 14 ދުވަހު ހުންނަވާނެ !

ގައުމަށް ފިއްލަވައިގެން ރާއްޖެމަގުން ސިންގަޕޫރަށް ވަޑައިގެން ސިންގަޕޫރުގައި ހުންނެވި، ސްރީ ލަންކާގެ ކުރީގެ ރައީސް، ގޮތާބޭ ރާޖަޕަކްޝްޔައަށް ސިންގަޕޫރުން ދިން ވަގުތީ ވިސާގެ މުއްދަތު އިތުރު ކުރައްވައިފިއ...

27 Jul 2022 | 03:06

ގައުމަށް ފިއްލަވައިގެން ރާއްޖެމަގުން ސިންގަޕޫރަށް ވަޑައިގެން ސިންގަޕޫރުގައި ހުންނެވި، ސްރީ ލަންކާގެ ކުރީގެ ރައީސް، ގޮތާބޭ ރާޖަޕަކްޝްޔައަށް ސިންގަޕޫރުން ދިން ވަގުތީ ވިސާގެ މުއްދަތު އިތުރު ކުރައްވައިފިއެވެ.

ސިންގަޕޫރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މިދިޔަމަހުގެ 14ގައި ގޮތާބޭ ސިންގަޕޫރަށް ވަޑައިގެންނެވުމުން އޭރު ލިބިލެއްވީ 14 ދުވަހުގެ ވަގުތީ ވިސާއެކެވެ. އެ މުއްދަތު ހަމަވުމުން އިތުރު 14 ދުވަހަށް ވިސާގެ މުއްދަތު އިތުރުކުރައްވާފައިވާކަމަށް ސިންގަޕޫރު މީޑިއާ ރިޕޯޓްކުރެއެވެ.

އިތުރު 14 ދުވަހަށް ގޮތާބޭ ސިންގަޕޫރު ވިސާ ޖައްސަވާފައިވާއިރު ލަންކާގެ ކެބިނެޓްގެ ތަރުޖަމާނު އިއްޔެ ވިދާޅުވީ ގޮތާބޭ ގައުމަށް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ދުރުވާނެ ވަކި އިރެއް އޭނާވެސް ހާމައެއް ނުކުރައްވައެވެ.

ގައުމު ދޫކުރައްވައި ގޮތާބޭ ފިއްލެވީ އެމަނިކުފާނުގެ ރަސްމީ އޮފީސް، ގައުމުގެ އާއްމު ރައްޔިތުން ނިކުމެ ހިސޯރުކުރުމުންނެވެ. އެ ހާލަތަށް ދިޔައީ ގައުމުގެ ކަންކަން ބޮއްސުންލައި ޒަރޫރީ މުހުތާދުތައް އާއްމުންނަށް ފުއްދައިނުދެވޭ ހާލަތަށް ދިއުމުންނެވެ.

ގޮތާބޭ ގައުމަށް ފިއްލަވައިގެން ފުރަތަމަ ވަޑައިގެންނެވީ ރާއްޖެއަށެވެ. ރާއްޖެއިން ވަޑައިގެންނެވީ ސިންގަޕޫރަށެވެ. އިސްތިއުފާ ދެއްވީ އެއަށްފަހު، ސިންގަޕޫރުގައި ހުންނަވައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް