ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ގައުމުގެ ގަޑިން ހެނދުނު 8:43 ގަައި އައި އެ ބިންހެލުން އައީ ވެރިރަށް މެނީލާއާއި މާ ދުރުނޫން ސަރަހައްދެއް ކަަމަށްވާ އާބްރާ ޕްރޮވިންސަށެވެ.
މި ބިންހެލުމުގެ ބާރަކީ 7.2 ކަމުގައި ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވާއިރު ބިންހެލުން ގާތްގަނޑަކަށް 30 ސިކުންތަށް ދެމިގެންދިޔަކަމަށް އެ ސަރަހައްދުގެ އާންމުންނާއި ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވެެއެވެ.
މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް އަދި ނެތްނަމަވެސް ބައެއް ގެތައް ބިމާހަމަވެ، ބައެއް ގޭގެއަށް ބޮޑެތި ގެއްލުންތައްލިބި ބައެއް މަގުތައް ހަލާކުވެ، އެ ސަރަހައްދުގެ ޕޮލިސް ސްޓޭޝަނަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މީހަކަށް ގެއްލުމެއް ނުލިބުނީ ހެނދުނުގެ ވަގުތަކަށްވުމުން ގިނަ ބަޔަކު ހޭލާ އުޅޭ ވަގުތެއްކަމުން ބިން ހެލެން ފެށުމާއެކު އާންމުން މަގުތަަކަށް ނިކުތުމުން ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް