ދުވާފަރުގައި ކޯވިޑަށް ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެ

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު މެންދުރު 12:00 ގައި އެވެ. އެމީހާ އަކީ ރ....

27 Jul 2021 | 13:53

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު މެންދުރު 12:00 ގައި އެވެ.

އެމީހާ އަކީ ރ. ދުވާފަރު ހެލްތް ސެންޓަރަށް ފަރުވާއަށް ގެންދިޔަ މީހެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މިއީ ރާއްޖެއިން ކޯވިޑްގައި މަރުވި 220 ވަނަ މީހާ އެވެ. އަދި ދުވާފަރުން ކޯވިޑްގައި މަރުވި ދެ ވަނަ މީހާ އެވެ.

ކޯވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައި އެވެ.

މިހާރު ރާއްޖެއިން ކޯވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައިވާއިރު މަރުވާ މީހުންގެ އަދަދުވެސް ވަނީ ކޮންޓްރޯލްވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް