ޖަރުމަނުގެ ކެމިކަލް ސައިޓެއްގައި ބާރުގަދަ ގޮވުމެއް، އެކަމަކު މަރުވެ ހަތަރު މީހުން ގެއްލިއްޖެ

ޖަރުމަނުވިލާތުގެ ސިޓީއެއްކަމަށްވާ ލޭވާކުޒެންގައި ހުރި ކެމިކަލް ސައިޓެއްގައި ބާރު ގަދަ އެއްޗެއް ގޮވައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު އެވެ. ހާދިސާ ހިނގާފައިވަނީ ކެމިކަލްގެ ބާވަތެއް ކަމަ...

27 Jul 2021 | 13:31

ޖަރުމަނުވިލާތުގެ ސިޓީއެއްކަމަށްވާ ލޭވާކުޒެންގައި ހުރި ކެމިކަލް ސައިޓެއްގައި ބާރު ގަދަ އެއްޗެއް ގޮވައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު އެވެ. ހާދިސާ ހިނގާފައިވަނީ ކެމިކަލްގެ ބާވަތެއް ކަމަށްވާ ސޯލްވެންޓް އަޅާފައި ހުރި ޓޭންކުތަކެއް ގޮވައިގެންނެވެ.

މި ހާދިސާ ހިނގި ގުދަން ހިމެނޭ ސަރަހައްދަކީ ގިނަ އަދަދެއްގެ ކެމިކަލް ގުދަން ހިންގާ ސަރަހައްދެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ހާދިސާގައި އެކަކު ވަނީ މަރުވެފައި އެވެ. އަދި ހަތަރު މީހުންނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު 16 މީހުންނަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފަ އެވެ.

އެތަނުގައި ރޯވި އަލިފާންގަނޑު ނިވާލަން ހަތަރު ގަޑިއިރު ނެގިކަމަށްވެ އެވެ. އެ ސިޓީގެ ކަމާބެހޭ ފަރާތްތަކުން ބުނީ އަލިފާންގަނޑު ނިވާލެވި ދުން އެރުން ކޮންޓްރޯލްކުރެވިފާ ކަަމަށެވެ.

މިހާރު މަސައްކަތް ކުރަމުންދަނީ ވައިގެ ތެރޭގައި ގޭހާއި ކެމިކަލްގެ އަސަރު ހުރިވަރު ދެނެގަތުމުން ކަމަށް ބުނެ އެވެ.

މި ހާދިސާ އާއި ގުޅިގެން އެ ސިޓީގެ އެ ސަރަހައްދާއި ކައިރީގެ ހުރިހާ ތަންތަނެއްގައި ހުރި އެއާކޮންޑިޝަންތައް ނިވާލަން އަންގާފައިވާއިރު ޕެޓްރޯލް ޝެޑުތައްވެސް ވަނީ ބަންދުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް