އުރީދޫ އަތޮޅު ދުވުމުގައި ބައިވެރިވުމުގެ މުއްދަތު މިއަދު ހަމަވާނެ އެވެ.
މި ދުވުން ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރު އެވެ. އުރީދޫ އަތޮޅު ދުވުމަކީ އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކުރިޔަށް ގެންދާ ދުވުމެކެވެ.
އުރީދޫއިން ބުނީ “އުރީދޫ އަތޮޅު ރަން”އަކީ ޢާއިލާގެ މެމްބަރުންނާއި ރައްޓެހި، ރަހުމަތްތެރިންނާއެކު ގައިދުރުކަމާއެކު ދުވެ، އުފާވެރި، މަޖާ ވަގުތުކޮޅެއް ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެއް ކަމަށެވެ. ވާޗުއަލްކޮށް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް، އޮގަސްޓް އެކަކާއި ހަތަކާ ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަކުރެވޭނެ އެވެ.
ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި މިއަހަރު ވަނީ ފަސް ކިލޯމީޓަރު އަދި ކިލޯމީޓަރުގެ ދުވުން ހިމަނާފަ އެވެ. ދިހަ ކިލޯމީޓަރުގެ ދުވުމަކީ މިއަހަރު އަލަށް ތަޢާާރަފްކުރި ބައެކެވެ.
އުރީދޫ އަތޮޅު ދުވުން 2021 ގައި ރެޖިސްޓަރވުމުގެ ފުރުސަތު އޮންލައިން ޕޯޓަލް: https://atholhudhuvun.mv/ މެދުވެރިކޮށް ވަނީ ހުޅުވާލާފަ އެވެ.
އުރީދޫގެ 16 އަހަރީ ދުވަސް އަންނަ އާދިއްތަ ދުވަހު ފާހަގަ ކުރަން ނިންމާފައިވާއިރު މިދިޔަ އަހަރު އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވޮ އުރީދޫ އަތޮޅު ދުވުމުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކުން ފަސްހާހަށްވެރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް