ކްރިތީ ޖިންނި އަވަލި ކަމަށް ހީކުރެވުނު ކަން އެނގޭތަ؟

މިއަދަކީ ކްރިތީ ސެނޮންގެ އުފަންދުވަހެވެ. ކްރީތީގެ އެކްޓިންގް އެންމެ ފުރިހަމައަށް ފެންނަ ފިލްމުތައް ތެރޭގައި 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމު ރާބްތާ ހިމެނެއެވެ. އެ ފިލްމުގައި ކްރިތީ ފެނިގެން ގޮސްފައި...

27 Jul 2021 | 09:59

މިއަދަކީ ކްރިތީ ސެނޮންގެ އުފަންދުވަހެވެ.

ކްރީތީގެ އެކްޓިންގް އެންމެ ފުރިހަމައަށް ފެންނަ ފިލްމުތައް ތެރޭގައި 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމު ރާބްތާ ހިމެނެއެވެ. އެ ފިލްމުގައި ކްރިތީ ފެނިގެން ގޮސްފައިވަނީ ސުޝާންތު ސިންގް ރާޖްޕޫތާ އެކުއެވެ. އޭނާ ވަނީ އެ ފިލްމުގައި ޑަބަލް ރޯލު ކުޅެފައެވެ. އޭނާ ޒަމާނީ އަންހެން ކުއްޖެއްގެ ރޯލު ކުޅުނު އިރު ކުރީގެ ދިރިއުޅުންތައްވެސް ފެނުނެވެ.

މި ފިލްމު ބޮކްސް އޮފީހުގައި ކާމިޔާބު ނުވި ނަމަވެސް ކްރިތީގެ އެކްޓިންގް ވަރަށް ފުރިހަމައެވެ. އޭނާ މޮޅުކަމުން އެ ފިލްމުގެ ޑައިރެކްޓަރާއި ފިލްމު ކުރޫއިން ހީކުރީ އޭނާއަށް "ޖިންނި އަވަލާފައި" ކަމަށެވެ.

ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ކްރިތީ ބުނީ، އޭނާ އެ ފިލްމުގެ ސީނެއްގައި ހަޅޭލަވައިގަތް ވަގުތު ވަރަށް އަޑުބާރުވެ މީހާގެ ގައިގައި ހުރި ހުރިހާ ވަރެއް ކަހަލަގޮތަށް ހުސްވާ ވަރަށް ދިޔަ ކަމަށާއި އޭގެ ސަބަބުން ނަފްސާނީ ގޮތުންވެސް މީހާ ވަރުބަލިވި ކަމަށެވެ. އެވަގުތު އެފިލްމުގެ ޑައިރެކްޓަރ ދިނޭޝް ވިޖާން ހީކުރީ އޭނާއަށް ޖިންނި އެއް އަވަލީ ކަމަށެވެ.

ކްރިތީގެ އެންމެ ފަހު ފިލްމު "މިމީ" މި މަހުގެ 30 ވަނަ ދުވަހު ނެޓްފްލިކްސް އަށް އަންނާނެއެވެ. ރިލީޒްވުމުގެ ކުރިން މި ފިލްމު ވަނީ ލީކްވެސް ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް