ވޯލްޑް ޓްރެވަލް އެވޯޑްގެ 10 ކެޓަގަރީއަކަށް ރާއްޖެ ނޮމިނޭޓުވެއްޖެ

މި އަހަރުގެ ވޯލްޑް ޓެރެވެލް އެވޯޑުގައި އިންޑިއާ ކަނޑުގެ 10 ކެޓަގަރީއަކަށް ދިވެހިރާއްޖެ ނޮމިނޭޓުވެއްޖެއެވެ. 1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ...

27 Jul 2021 | 09:40

މި އަހަރުގެ ވޯލްޑް ޓެރެވެލް އެވޯޑުގައި އިންޑިއާ ކަނޑުގެ 10 ކެޓަގަރީއަކަށް ދިވެހިރާއްޖެ ނޮމިނޭޓުވެއްޖެއެވެ.

1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ވަރުގަދަ އަދި ނަން ހިނގާ އެވޯޑެވެ. މި އެވޯޑަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ދޭ ޝަރަފުވެރިކަމުގެ އެވޯޑެކެވެ.

މިއަހަރު ބާއްވާ 28 ވަނަ ވޯލްޑް ޓްރެވަލް އެވޯޑުގައި އިންޑިއާކަނޑުގެ 10 ކެޓަގަރީއަކަށް ރާއްޖެ ވަނީ ނޮމިނޭޓުވެފައެވެ. އެ ކެޓަގަރީތަކަކީ:

1- އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން 2021

2- އިންޑިއަން އޯޝަން ލީޑިން ކްރޫސް ޑެސްޓިނޭޝަން 2021

3- އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަން 2021

4- އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން 2021

5- އިންޑިއަން އޯޝަން ލީޑިން ގްރީން ޑެސްޓިނޭޝަން 2021

6- އިންޑިއަން އޯޝަން ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2021

7- އިންޑިއަން އޯޝަން ލީޑިން ސަސްޓެއިނަބަލް ޓޫރިޒަމް ޑެސްޓިނޭޝަން 2021

8- އިންޑިއަން އޯޝަން ލީޑިން ޓޫރިސްޓް ބޯޑް 2021:

9- އިންޑިއަން އޯޝަން ލީޑިން ވެޑިން ޑެސްޓިނޭޝަން 2021

10- އިންޑިއަން އޯޝަން ލީޑިން އެޑްވެންޗާ ޓޫރިޒަމް ޑެސްޓިނޭޝަން 2021

މި ކެޓަގަރީތަކުގެ އިތުރުން ވެސް ރާއްޖެއިން ވަނީ ވޯލްޑް ކްރޫސް އެވޯޑްސްގެ އިންޑިއަން އޯޝަންސް ބެސްޓް ކްރޫސް ޑެސްޓިނޭޝަން 2021 އަށް ނޮމިނޭޓުވެފައެވެ. މި އެވޯޑަކީ ދުނިޔޭގެ ކްރޫސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ދެވޭ އެވޯޑެކެވެ.

އިންޑިއާކަނޑުގެ ކެޓަގަރީތަކަށް ވޯޓުދިނުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި ވޯލްޑް ކްރޫސް އިންޑިޔާކަނޑުގެ ކެޓަގަރީތަކަށް ވޯޓު ދިނުމުގެ ފުރުސަތު އޮގަސްޓް 31 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް މީގެ ކުރިންވެސް ވަނީ އެކި އެވޯޑުތައް ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް