އެމްޓީސީސީން އިހަވަންދޫގައި ކުރިއަށް ގެންދާ މަސައްކަތްތައް ސީއީއޯ އާޒިމް ބައްލަވާލައްވައިފި

ހއ. އިހަވަންދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ކުރިއަށްގެންދާ މަޝްރޫއުތައް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވައިލައްވައިފިއެވެ. ހަވަންދޫ ބަނދަރު މަސައ...

27 Jul 2021 | 09:15

ހއ. އިހަވަންދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ކުރިއަށްގެންދާ މަޝްރޫއުތައް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވައިލައްވައިފިއެވެ.

ހަވަންދޫ ބަނދަރު މަސައްކަތާއި ފެރީ ޓާމިނަލްގެ މަސައްކަތްތައް އާޒިމް ބައްލަވާލައްވައިފައިވެއެވެ.

އިހަވަންދޫ ބަނދަރު މަސައްކަތުގެދަށުން 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށާއި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުއަކީ 51.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިހަވަންދޫގައި ގާއިމުކުރާ ފެރީ ޓާމިނަލަކީ ހއ. އަދި ހދ. އަތޮޅުގައި ގާއިމްކޮށްފައިވާ ސްޕީޑް ފެރީގެ ނިޒާމްގެ ދަށުން އިހަވަންދޫގައި ގާއިމުކުރާ ފެރީ ޓާމިނަލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް